Saturday, October 31
ޒަކާތު ކޮންފަރެންސްގައި ބައިވެރިވުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ ދެވަނަ ޒަކާތު ކޮންފަރެންސް، އިންޓަރނޭޝަަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) ގައި ބައިވެރިވުމުގެ މުއްަތު ހަމަވާނީ މާދަމާ 18:00 ގެ ނިޔަލަށެވެ.

މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

މި އަހަރުގެ ކޮންފަރެންސަށް ކަނޑައަޅާފައިވާ ތީމަކީ، "ޒަކާތު ފޯ ސޯޝަލް ޖަސްޓިސް އެންޑް ޑިޖިޓަލް އިންކްލޫޝަން: އެޑްވާންސިންގ ސޯޝަލް ވެލްފެއަރ ތުރޫ އިނޮވޭޝަން" އެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސެއް ކަމަށް ޒަކާތު ހައުސް އިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު