މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެއްޓާ ރަށްޓެހިގޮތަކަށް ކުނި މެނޭޖްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަތިވެރީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާވަނީ އަޅާފައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި، އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީއެވެ. މިރަސްމިއްޔާތުގައި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި މަތިވެރިވެރި ކައުންސިލުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1.06 މިލިޔަން ރުފިޔާއަށ،ް 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކުރުމާއ،ި ކުނީގެ ގޮތުގައި އުކާލެވޭ ނުރައްކާތެރި ތަކެތި ރައްކާކުރާނެ ތަނެއް ހެދުމާއ،ި ވެއަރ ހައުސްއެއް ބިނާކުރުމާއ،ި ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި މިހާރު ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން