Tuesday, October 13
މާއުނގޫދޫ ޤުރުއާނާއި ބެހޭ ސެންޓަރުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ށ. މާއުނގޫދޫގައި ޤުއުރާން ސެންޓަރެއް އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯމަ ދުވަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ދަޢުލަތުގެ ބަޖެޓުން 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫޢު ނިމިގެންދާއިރު ޤުރުއާން ސެންޓަރުގައި އޮފީސް ޖާގައަކާއި ޙިފްޡު ޓެސްޓުތައް ކުރިއަށް ގެންދެވޭނެ ރޫމަކާއި ކްލާސްރޫމާއި ކޮންފަރެންސް ހޯލެއް އަދި ލައިބްރަރީވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދއެވެ.

މިއީ މި ސަރުކާރުގެ ޤުރުއާން ޢިލްމު ފެތުރުން ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު