Saturday, October 31
ހިމަންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

ހިމަންދޫ ޞިއްހީ މަރުކަޒުގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއެވެ.

މި އިމާރާތުގައި އިތުރު އައު ޚިދުމަތަކެއް ތައާރަފުކުރެވޭނެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުމަށް ބޭނުންވާ ސެޒޭޝަން ފަރުވާ ގެ ކްލިނިކް، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، މާބަނޑުމީހުންގެ ކްލިނިކް އަދި ކުޑަކުދިންނާއި އާއްމު ޞިއްހަތުގެ ކްލިނިކް ހިމެނެއެވެ.

ރައީސުކްޖުމުހޫރިއްޔާ ވަނީ އިމާރާތް ހުޅުވުމަށްފަހު އިމާރާތް ބައްލަވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު