Thursday, November 5
އެމްއެންޔޫ އިމާމުންގެ ޕީއެޗްޑީ ޕްރޮގްރާމްތަކަށް ސްޕޮންސަރ ދޭން ނިންނައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިހާރު އިޢުލާނުކޮށްފައިވާ އިސްލާމީ ޝަރީޢާ ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމްތަކަށް ހޮވޭ އިމާމުންގެ ކިޔެވުމުގެ ޚަރަދު ސްޕޮންސަރ ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓްރީން އެއްކޮށް ސްޕޮންސަރ ދޭނެ ކަމަށާއި އަދި ޕޮކެޓްމަނީވެސް ދޭނެ ކަމުގައެވެ.

އެ ކޯސްތަކުގެ ގެޒެޓު ލިންކާއެކު ވަޒީރު ވިދާޅުވެފައިވަނީ ވީހާވެސް ގިނަ ބޭފުޅުން ކުރިމަތިލައްވައި ފުރުޞަތު ލިބޭތޯ މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށެވެ.

އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔަވައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އިސްލާމީ ދާއިރާއިން ޕީއެޗްޑީ ފުރުޞަތު ހުޅުވާލިކަމަށްޓަކައި އެމްއެންޔޫއަށް ޝުކުރު ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު