ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ، ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކެކެވެ.
މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ 4 ކޯހަކާއި ބެޗްލާރސް ޑިގްރީ 3 ކޯހަކަށެވެ. މީގެތެރެއިން ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ ދެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
މި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު، މި ސްކޮލަރޝިޕްތައް ކުރިއަށްދާނީ އޭޝިއާ، އެސް.ޑަބްލިއު.އައި.އޯ.އެފް.ސީ މެންބަރު ޤައުމުތަކާއި، އޯ.އީ.ސީ.ޑީ ޤައުމުތަކުގައެވެ.
މި ސްކޮލަރޝިޕްތަކުގައި ކޯސް ފީގެ އިތުރުން އެހެނިހެން އެލަވަންސްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން