Thursday, November 5
ޖަޕާން ސަރުކާރުން ފުލުހުންނަށް އުޅަނދުތަކެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން މޯލްޑިވްސް ޕޮލިސް ސަރިވިސް އަށް އުޅަނދުތަކެއް ހަދިޔާކޮށްފިއެވެ.

މިތަކެއްޗާއި ފުލުހުންގެ ފަރާތުން ޙަވާލުވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނާވީންއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ތަކެއތި ޙަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް. އިޝިގާމީ ރުމީކޯ އެވެ.

ޖަޕާނުން ހަދިޔާކުރެއްވީ 5 ލޯންޗެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޖަޕާނު ސަރުކާރުން މެރިން ޕޮލިސް ހަރުދަނާ ކުރެއްވުމާއި އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު