Thursday, November 5
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވުމުން އެތެރޭގެ ތަހުގީގެއް ފަށައިފި
ފުލުހުންގެ ބަންދުގައި ހުރި ދިވެއްސަކު ކުއްލި ގޮތަކަށް ރޭ ފަތިހު މަރުވުމުން އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ. ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނީ އަތޮޅުވެހީގެ ހަތް ނަންބަރު ގޮޅީގައި ބަނދުގައި ހުއްޓާ މަރުވީ ގ. ޒާމިއާ، މާލެ، އަހުމަދު އަފްރާހު 48އ އެވެ. އަދި އޭނާގެ ހާލަތު ރޭ ފަތިހު 5:50 އެހާކަންހާއިރު ބެލިއިރު، ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އަކީ މިމަހުގެ 15، ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ. ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރަން އޮތީ އަމުރުކޮށްފަ އެވެ. އޭނާ ބަންދު ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި އޮތީ މަސްތުވާތަކެއްޗަށް ދެވިހިފައި ވާތީ ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ އެވެ. ފުލުހުން ބުނީ، އަފްރާހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އަފްރާހު ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ވިދާޅުވީ އޭނާ މަރުވުމާއި ގުޅިގެން އެ މައްސަލަ ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުޤީޤު ކުރަމުންދާކަމަށެވެ، ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންގެ ބަންދުގައި ހުއްޓައި މީހަކު މަރުވުމާއި ގުޅިގެން އެކަމުގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނޭޝަނަލް އިންޓްގްރީ ކޮމިޝަނަށް އަންގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން މި ހާދިސާގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބަލައި ހާދިސާގައި ކަން ހިންގާފައިވާ އޮތްގޮތް ބެލުމަށް އެތެރޭގެ ތަހުޤީޤެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހިންގަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިކަމަށް އެ ކޮމިޝަނުންވެސް މިއަދު ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު