Saturday, October 31
ވިޔަފާރި ފުޅާކުރަނީ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން: ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަމުން ގެންދަނީ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް ބުނެފިއެވެ.

ވެމްކޯއިން ކައުންސިލްތަކާއި މަޝްވަރާކޮށް ވިޔަފާރި އުސޫލުން ބިން ހޯދުމާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އެކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނީ، މީސްމީޑިއާގައި ދައުރުވަމުންދާ ލިޔުމަކީ ކަމުގެ ހަޤީގަތް އޮޅޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ވެމްކޯއިން ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށާއި، އަދި ކައުންސިލްތަކަށް އެގޮތަށް ހުށަހަޅަމުންދާކަމަށެވެ.

ވެމްކޯއިން ފާހަގަކުރި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ދެމުން އަންނަ ޚިދުމަތެކެވެ. އެހެންނަމަވެސް ދައުލަތަށް ބުރަ ބޮޑުނުވާ ގޮތަށް މި މަސައްކަތް އަރަނިވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ނިންމައި، ކުންފުނީގެ މެނޭޖްމަންޓުންވެސް އެކަމަށް އިސްކަންދީގެން މަސައްކަތްކުރަމުންދާކަން ވެމްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ކޮންމެ ރަށެއްގައި ޚިދުމަތްދޭއިރު، އެ މަރުކަޒަކީ ޕްރޮފިޓް ސެންޓަރެއްގެ ގޮތުގައި ބަލައިގެން މަސައްކަތްކުރެވޭނެކަމަށާއި ރަށުގެ އާބާދީ ކުޑަވުމުން ޚަރަދުތަކާ ބައްދަލުކުރަން ވެއްޖެނަމަ ރައްޔިތުން އުފުލަންޖެހޭ ބުރަ ބޮޑުވާނެތީ، ވިޔަފާރި ފުޅާކުރުމަށް ސިޔާސަތެއް ކަނޑައަޅައި އެކަމަށް މަސައްކަތްކުރާނެކަމަށް މައުލޫމާތުދިނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު