Thursday, November 5
ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ ތަހުނިޔާޚާރިޖީ ވަޒީރު ފޮނުއްވައިފި

ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އެންވަޔަރަންމަންޓް އެންޑް ކަލްޗަރ ސަބީނޭ މުނައުނީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލްގެ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަގެ މެސެޖުގައި ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ކަމަނާއަށާއި ލިކްޓަންސްޓައިންގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރިއެވެ.

އަދި ދިވެހިރާއްޖެ އާއި ލިކްޓަންސްޓައިން އާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަނާއާއި ގުޅިގެން ކުރިއަށް އޮތް އަހަރުތަކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު