Thursday, November 5
މިދިޔަ މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީއަށް 32 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
މިދިޔަ މަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެންސްޕާއިން އެހީގެ ގޮތުގައި 32 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން މި ޚަރަދުކޮށްފައިވަނީ އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށްށެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުވެސް ބޭސްފަރުވާއަށް އެހީތެރިކަން އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ތިބެގެން ބޭސްފަރުވާ ކުރުމަށެވެ. އެންސްޕާއިން މިދިޔަ މަހު އެހީ ފޯރުކޮށްދީފައިވާ އެހެން ކޭސްތައް:

• ކަރުންމަތީގެ ބަލިތައް:121 ކޭސް • ވިހެއުމާގުޅޭ ބަލިތައް: 119 ކޭސް • ނޭވާލާ ނިޒާމާގް ބަލިތައް: 113 ކޭސް • ގޭސްޓްރޯއިންޓެސްޓިނަލް ބަލިތައް: 106 ކޭސް • ލޮލުގެ ބަލިތައް: 98 ކޭސް

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ތަފާތު  ބައްޔަކާއި ގުޅިގެން ހުށަހެޅި 1521 ކޭސްއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިދިޔަ މަހު އެންސްޕާއިން އެހީގެގޮތުގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށާއި ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. އެގޮތުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 146 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 132 ކޭސްއަށް އެހީތެރިކަން ފޮރުކޮށްދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ނާރުގެ ބަލިތަކުގެ 124 ކޭސްއަށް އެހީ ފޯރުކޮށްދީފައެވެ. ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 32.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖުލައި މަހު ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 11.7 މިލިޔަން ރުފިޔާ އަދި ރާއްޖޭގައި ފަރުވާކުރުމަށް 21.1 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު