Thursday, November 5
އިންޑިއާ ރާއްޖޭގެ ތަރައްގީގައި އަބަދުވެސް އިތުބާރު ކުރެވޭ ބައިވެރިއެއް: ރައީސް

އިންޑިއާއަކީ އަބަދުވެސް ތަރައްގީގައި ދިވެހިރާއްޖެއަށް  އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު  ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ  އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް އެ ގައުމުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޕޯސްޓެއްގައެވެ.

"އިންޑިއާއަކީ އަބަދު ވެސް ތަރައްގީގައި ރާއްޖެއަށް އިތުބާރުކުރެވޭ ބައިވެރިއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ މަޝްރޫއުތަކުން ދެ ގައުމުގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ. އެ ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދަކީ އިންޑިއާގެ 79 ވަނަ މިނިވަން ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު