Thursday, November 5
އެމްއެންޔޫއިން ޕީއެޗްޑީގެ 16 ކޯހެއް ތައާރަފުކޮށްފި

ގައުމީ ޔުނިވަރސިޓީ އިން މުޅިން އަލަށް ޕީއެޗްޑީ ގެ 16 ކޯހެއް ތަޢާރަފުކޮށްފިއެވެ.

މީގެ ތެރޭގައި ސައިންސާއި އިންޖިނިއަރިންގ ދާއިރާ ހިމެނެއެވެ. މިއީ މިހާ ގިނަ އަދަދެއްގެ ޕީއެޗްޑީ ކޯސްތަކެއް އެ ޔުނިވަރސިޓީން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

އެމްއެންޔޫއިން އަލަށް ފަށާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ތެރޭގައި ސައިންސާއި އިންޖިނިއަރިންގ އިތުރުން ޕަބްލިކް ހެލްތާއި ޝަރީޢާ އާއި އިސްލާމިކް ސްޓަޑީޒް ހިމެނެއެވެ.

އެމްއެންޔޫއިން އަލަށް އިއުލާން ކުރި ޕީއެޗްޑީ ޕްރޮގްރާމްތައް:

1- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (އެޕްލައިޑް މެތްމެޓިކްސް)

2- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (މެޓީރިއަލް ސައިންސް)

3- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ފިޒިކްސް)

4- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ކޮމްޕިއުޓަރ ސައިންސް)

5- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (އެންވަޔަރަމަންޓަލް ސައިންސް)

6- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ބައޮލޮޖީ)

7- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ޑޭޓާ ސައިންސް)

8- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ކެމިސްޓްރީ)

9- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (މެކޭނިކަލް އިންޖިނިއަރިންގ)

10- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (ކޮމްޕިއުޓަރ އިންޖިނިއަރިންގ)

11- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (އިލެކްޓިރިކަލް އިންޖިނިއަރިންގ)

12- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (ކެމިކަލް އިންޖިނިއަރިންގ)

13- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (އެންވަޔަރަމަންޓަލް އިންޖިނިއަރިންގ)

14- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން ޕަބްލިކް ހެލްތް

15- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން ޝަރީޢާ

16- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިސްލާމިކް ސްޓަޑީޒް

މިހާރު އެމްއެންޔޫ އިން ހިންގަމުން އަންނަނީ ޕީއެޗްޑީގެ ދެ ޕްރޮގްރާމެކެވެ. އެ ދެ ޕްރޮގްރާމުގައި 10 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު