Saturday, October 31
ރައީސް ދޮންފަނުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނުގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ. މިއީ އޭޓީއެމް މަޝްރޫޢުގެ ދަށުން މިޚިދުމަތް މިއަހަރު ޤާއިމްކުރި 46 ވަނަ ރަށެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައި ފައިސާ ނަންގަވާފައެވެ. އަދި ބޭންކުން ވަނީ ކައުންސިލަސް ޚާއްސަ ފިލައެއް އަރުއްވަފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު