Tuesday, October 13
އައުޤާފު ޢިމާރަތުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ހައްޖުގެ ޚިދުމަތަށް ވަޤުފުކުރުމަށް މަޝްވަރާ ކުރެވޭ: ޝަހީމް

މިއަހަރު އިމާރާތް ކުރަން ފެށުމަށް ހަމަޖެހިފައިވާ އައުޤާފު ޢިމާރަތްތައް ނިމުމުން، އެތަންތަނުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ދިވެހި ރައްޔިތުންގެ ހައްޖުގެ ޚިދުމަތަށް ވަޤުފުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ، މިހާރު މަޝްވަރާތައް ކުރެވެމުންދާ ގޮތަށް މިކަން ފުރިހަމަ ވެގެން ހިގައްޖެ ނަމަ، ހައްޖަށް ދިއުމަށް ރައްޔިތު މީހާ ދައްކާ އަދަދުގެ މިންވަރެއް މަދުވެގެންދާނެކަމަާއި ޙައްޖުގެ އަގު ހެޔޮ ވެގެންދާނެކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އައުޤާފާއި ހައްޖުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކުގައި ވެސް ޢަމަލު ކުރާގޮތައް ރާއްޖޭގައި އައުޤާފުގެ ޤާނޫނަކާއި ހައްޖާއި ޢުމްރާގެ އިންތިޒާމުތަކާއި ޙައްޖު ފަންޑު މެނޭޖްކުރުމާ ގުޅޭ ޤާނޫނެއް ވުޖޫދުވުމަކީ މުހިންމުކަމެއް ކަމުގައި ދެކިލައްވާކަމަށެވެ.

މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢުތަކުގެ ގޮތުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމްއާއި ދާރުއްސަލާމްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުތައް ނިމުމުން މި ވަޤުފް އިމާރާތްތަކުން އިސްލާމީ ވަޤުފް ފަންޑަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު