Thursday, November 5
އިތުރު ޒުވާން 269 ހަތީބުން ތަމްރީނުކޮށްފި

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ އެކި މަސައްކަތްތަކުގައި ޒުވާނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ އެކި މަސައްކަތްތަކުގެ ތެރެއިން ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތިން ބުރެއް ހިންގާފައިވެއެވެ.

އެގޮތުން ހަތީބުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގައި 65 ޒުވާނުންނަށް ހަތީބުކަމުގެ ތަމްރީނު ފޯރުކޮށްދިނެވެ. ދެވަނަ ބުރުގައި 169 ޒުވާނަކު ހަތީބުކަމުގެ ތަމްރީނު ފުރިހަމަކުރިއެވެ. އަދި ތިންވަނަ ބުރުގައި ހަތީބުކަމުގެ ތަމްރީނު ފުރިހަމަކުރި 269 ޒުވާނުންނާއެކު ޖުމްލަ 503 ޒުވާނަކު ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

ފާއިތުވި އަހަރު ފެށި ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަދުވެގެން 1،000 ހަަތީބުން ތަމްރީނުކުރުން ކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ޕްރޮގުރާމު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން ސަނަދު ދިނުން އޮތީ މިއަދުއެވެ. މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ޚާސިލްކުރި ޚަޠީބުންނަށް ސަނަދު ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު