Friday, November 13
ފަވަރައިގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާފާނެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަގެ ޚިދުމަތްތަކަށް މިރޭ ބުރޫއަރާފާނެއެވެ. މިކަން ހާމަކޮށްފައިވަނީ ފަވަރައިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން ފަވަރައިން ބުނެފައިވަނީ ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް އެއްގެ ސަބަބުން މިރޭ ދަންވަރު 00:00 އިން 02:00 އަށް ފަވަރައިގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމަށެވެ. ފަވަރައިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. 26 އޮގަސްޓު 2023 ގައި އިފްތިތާޙްކުރި ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ ނިޒާމު ވަނީ ޤާއިމްވެފައެވެ. މިވަގުތު ފަވަރައިގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު