Thursday, November 5
‎ފިއްލަދޫ ފޭސް ދޭއްްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން އާރުޑީސީއާ ހަވާލުކޮށްފ

ހއ. ފިއްލަދޫ ފޭސް 02ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެކު އާރުޑީސީއިން މިއަދު  ސޮއިކޮށްފައެވެ.

މި މަސައްކަތް ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢުއަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިމާރަތް ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އާރުޑީސީން ގިނަ ރަށެއްގެ މަގުހެދުމާއި އުމުރާނީ އެކި މަސައްކަތް ކުރިއަށްގެންދާއިރު މިދިޔަ ހަފްތާގައި ވެސް ގިނަ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި  ވަނީ ސޮއި ކޮށްފައެވެ.

‏⁦

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު