Saturday, October 31
ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް އެންޑް މެނޭޖްމެންޓް ކޯސް ފަށައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ނޭޝަނަލް އިންސްޓިޓުޓް ފޯ ސްޕޯޓްސް އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ގުޅިގެން ކުރިޔަށް ގެންދާ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް އެންޑް މެނޭޖްމެންޓް ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

އިއްޔެ ހެންވޭރު ބޯޅަގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން، ކުޅިވަރު ވުޒާރާގެ ނާއިބު މުޙައްމަދު މުންޠިފް އަޙްމަދު, މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހް އަހުމަދު ސައީދް އާއި ނައިބު ރައީސް އަހުމަދު މުންތަޤިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މެނޭޖްމެންޓް ލެވެލްގައި ހަރަކާތްތެރިވާނެ ސްޕޯޓްސް އެޑްމިނިސްޓްރޭޓަނުން ތަމްރީނު ކުރުމަށް ހިންގާ މި ކޯހުގައި ޖުމްލަ 43 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ކޯސް ކުރިޔަށް ގެންދާނީ އޯގަސްޓް 9 ން ސެޕްޓެމްބަރު 8 ގެ ނިޔަލަށް މާލޭގައެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ތަމްރީނުކޮށް ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމަކީ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ 20 އަހަރު ދުވަހުގެ ކުޅިވަރުގެ ދިގުރާސްތާ ޕްލޭނުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު