Saturday, October 31
ޒަކާތު ފަންޑުގެ ސްކޮލަރޝިޕްތަކަށް 29 ފަރާތަކުން ކުރިމަތިލައިފި

ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް ފުރުޞަތުތަކަށް 29 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސްކޮލަރޝިޕްތަކަށް 29 ހުށަހެޅުމެއް ލިބިފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕްގެ 18 ހުށަހެޅުމާއި، ޚާއްޞަ ސްކޮލަރޝިޕްގެ 11 ހުށަހެޅުމެކެވެ.

ޒަކާތު ފަންޑުން ހުޅުވާލި 50 ސްކޮލަރޝިޕް ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު އަދި ރާއްޖެއިން ބޭރުން ކިޔަވަން 30 ފުރުސަތު ހިމެނެއެވެ. ރާއްޖެއިން ބޭރަށް ހުޅުވާލި 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތެވެ.

ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ.

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލީ މެލޭޝިއާ، ބުރުނާއީ، ސަޢޫދީ ޢަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުންނެވެ. މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލެވުނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްގެ އިތުރުން ޔުނިވާރސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ.

މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓަރސްގެ 6 ފުރުސަތު އަދި ޕީ.އެޗް.ޑީ 9 ފުރުސަތު ހުޅުވާލެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު