Thursday, November 5
ސީއެމްޑީއޭ އިން ބްލޫ އިކޮނޮމީ ފައިނޭންސިންގ ފެސިލިޓީ ތައާރަފްކޮށްފި
ސީއެމްޑީއޭއިން ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ ރާއްޖޭގައި ރަސްމީކޮށް ތައާރަފުކޮށްފިއެވެ. މި ފެސިލިޓީ ތައާރަފުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ވިދާޅުވެއެވެ. ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް ފައިސާ ހޯދުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ތައާރަފުކުރެވުނު ފެސިލިޓީއެއް ކަމަށް ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތު ސަރުކާރުގެ އެހީތެރިކަމާއެކު ފަރުމާކުރެވިފައިވާ މި ފެސިލިޓީގެ މައިގަނޑު ބޭނުމަކީ، މަސްވެރިކަން، ޓޫރިޒަމް އަދި ކަނޑުފަޅުގެ ވިޔަފާރިތަކާއި ހިދުމަތްތަކުގެ ތެރެއިން "ވެލިއު އެޑެޑް އެންޑް ސަސްޓެއިނަބިލިޓީ އޮރިއެންޓެޑް" ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުން ކަމަށް ސީއެމްޑީއޭ ގެ ބަޔާނުގައި ވިދާޅުވެއެވެ. ރާއްޖެއަށް ޖޭއެފްއެފް ތައާރަފުކުރުމަކީ ރާއްޖޭގައި ވަރުގަދަ މާލީ އޮނިގަނޑެއް ބިނާކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން ބޭންކިން އާއި ކެޕިޓަލް މާކެޓުން ފަހިކުރެވޭ މަގުތަކުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މެދުވެރިކޮށް "ބްލޫ އެންޑް އިންކްލޫސިވް" އިޤުތިސާދަކަށް ބަދަލުވުމަށް އެހީތެރިވެދޭނެ ކަމަށް ސީއެމްޑީއޭއިން ވަނީ ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު