Monday, October 26
ތެލަސީމިއާ ސެންޓަރުގައި މިހާރު ކަރަންޓް އެބަހުރި، ލޭއެޅުން މެދުކެނޑިފައި ނުވޭ: ހަލީމް
ތެލަސީމިއާ ސެންޓަރުގައި މިހާރު ސްޓެލްކޯ ކަރަންޓް އެބަހުރި ކަމަށާއި ލޭއެޅުން މެދުކަނޑާފައި ނުވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބުދުއް ރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ. ހަލީމް ވިދާޅުވީ އަދި ކަރަންޓް ކެނޑުމުން ވަގުތުން ބެކްއަޕް ކަރަންޓްވެސް ފޯރުކޮށްދެވުނު ކަމަށާއި ލޭއެޅުން މެދުކަނޑާލާފައެއްނުވާކަމަށެވެ. '"ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން 5 ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު. ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވޭ"' ހަލީމް ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ. ހަލީމް ވަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުން ހުއްޓާލެއްވުމަށް އިލްތިމާސްކޮށްފައެވެ. މިއަދު ހެނދުނު މާލެ އަދި ހުޅުމާލެއިން ވަނީ ކަރަންޓް ކެނޑިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު