Saturday, October 31
ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓކްޝަން ބިލްޑިންގ ގެ މަސައްކަތް މިނިސްޓަރ ބައްލަވައިލައްވައިފި

ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގގެ މަސައްކަތް ނިންމުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ބައްލަވައިލައްވައިފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ފަށާ، ކޮންކްރީޓް މަސައްކަތް ނިންމުމަށް ފަހު ހުއްޓިފައި ހުރި، މި ޢިމާރާތުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވެސް ކޮށްފައި ވެއެވެ. ނަމަވެސް ޞާލިޙުގެ ސަރުކާރު ނިމުނު އިރު މި ޢިމާރާތުގެ ސިމެންތީގެ މަސައްކަތް ވެސް އެއްކޮށް ހުރީ ނިންމާ ނުލެވިއެވެ.

ކުރީގެ ދެ ސަރުކާރަށް ނިންމާނުލެވުނު ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގގެ މަސައްކަތް ޖުލައިމަހުތެރޭ ފައްޓައިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ. މި ސަރުކާރުން، މި މަސައްކަތް ސިޓީސް މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަމަށް ސިޓޯސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު