އާދިއްތަ, November 1
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެމްއެމްސީން ކުރި އިއުލާނެއްގައި ވިދާޅުވީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ އެވޯޑު ދޭން ނިންމާފައިވާ ދާއިރާތައް

* ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ * އިޖުތިމާއީ ދާއިރާ * ސިޔާސީ ދާއިރާ * ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ * ވިޔަފާރި އާއި އިގުތިސާދީ ދާއިރާ * ކުޅިވަރުގެ ދާއިރާ * ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ * ޑޮކިއުމަންޓްރީގެ ދާއިރާ * ފީޗާ ރިޕޯޓުގެ ދާއިރާ * ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ * ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ * އުންމީދީ ނޫސްވެރިޔާގެ އިނާމު * އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު * ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު