Thursday, October 29
ސަގާފަތާއި ތަރިކައާ ބެހޭ ދިރާސާކުރުމުގެ ޕްރޮގްރާމެއް ހިންގަން އައިޔޫއެމް އާއި އެކު ސޮއިކޮށްފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ޢިލްމީ ދިރާސާކުރުމުގެ ޕްރޮގުރާމެއް ހިންގުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރައްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްގެންދެވުނު މި ސޮއިކުރުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ މިއަދު ސޮއިކުރެވުނު މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމިއްޔަތު އިޔާދަކުރެއްވުމަށް ދެއްވަވާ ހާއްސަ އިސްކަމުގެ ދަށުން ސޮއިކުރެވިގެންދިއަ ފަހުމުނާމާއެއްކަމަށާއި މި ފަހުމުނާމާ ގެ ދަށުން ދިވެހިންގެ ތާރީހާއި ،ސަގާފަތާއި،ތަރިކަތަކުގެ އަސްލުވަންތަކަން ކަށަވަރު ކުރުމުގެ ދިރާސާވެރިން އުފެއްދުމުގެ މަސައްކަތް ކުރެވިގެން ދާނޭކަމަށެވެ.

ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވިގޮތުގައި މި ފަހުމުނާމާގެ ސަބަބުން އެކިއެކި ދާއިރާތަކުން ދިރާސާކުރުމާއި، ސެމިނާރު، ކޮންފަރެންސް ބޭއްވުމުގެ އިތުރުން ޤައުމަށް ފައިދާހުރި ދާއިރާތަކުން އެކިއެކި ޝާއިޢުކުރުންތައް ނެރުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު