Saturday, October 31
ތިން ރަށެއްގެ ސިއްހީ މަރުކަޒު އިމާރާތްކުރަން ފެނަކައާ ހަވާލުކޮށްފި
ތިން ރަށެއްގެ ސިއްހީމަރުކަޒު ހަދަންފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. އެއީ ބ. ހިތާދޫ، ބ. މާޅޮސް އަދި ބ. ދޮންފަނު ޞިއްޙީމަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްތެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ބ. ހިތާދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތްކުރަން ހަވާލުކުރީ 33.7 މިލިއަން ރުފިޔާ އަށް 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

 ބ. މާޅޮސް ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރަން ހަވާލުކުރީ 12.1 މިލިއަންރުފިޔާ އަށް 545 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެތަނުގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެ ކަމަށް މޖނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރުންވެސް ހިމެނެއެވެ.
 ބ. ދޮންފަނު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ އަގަކީ 12.1 މިލިއަން ރުފިޔާ އެވެ. އެއީ 545 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
އެތަނުގައިވެސް ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުން ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރުންވެސް ހިމެނޭ ކަމަށަ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު