Monday, November 2
ސެން ޓީޗަރުން ތަމްރީނު ކުރަން ނިންމައި ކޯސް އިއުލާންކޮށްފި

މަހަކު 1500 ރުފިޔާގެ އެލަވަންސެއް ދޭ ގޮތަށް އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރަން ނިންމައިފިއެވެ. މި ކޯހަށް ވިލާކޮލެޖުން މިހާރުވަނީ އިއުލާންކޮށްފައެވެ.

މި ކޯސް ކުރިއަށް ގެންދަނީ ތަޢުލީމީ ވުޒާރާގެ ހީތެރިކަމާއި އެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުންނެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އައިޔޫއެމްއާއި ވިލާކޮލެޖާއެކު އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއކުރެއްވީ މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީޢުއެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. އަލީ ޒާހިރެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ.

ޑިޕްލޮމާ ފެންވަރުގެ މި ކޯހުގެ ކިޔެވުން ފަށަން އައިޔޫއެމްއާއި ވިލާ ކޮލެޖުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.

ކޯހަށް ފީދައްކަން ނުޖެހޭއިރު ކޯހުގައި ކިޔަވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ އެލަވަންސެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަމަޖައްސައިދޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު