އާދިއްތަ, November 1
އދ. އަތޮޅުގެ ފަރަށް އެރި ޔޮޓެއް 4.89 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

"އެމް.ވައި ބިގް ފިޝް" ނަމަކަށް ކިޔާ ޔޮޓް އދ. އަތޮޅުގެ ފަރަކަށް އުރުމާ ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން 4.89 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕވޓ ލޓޑ ގެ ލޯކަލް އޭޖެންޓް ކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ ޓެމްޕަލް މެރިން އެލް.ޓީ.ޑީ ގެ "އެމް.ވައި ބިގް ފިޝް" (އައި އެމް އޯ: 399463) ނަމަކަށް ކިޔާ ޔޮޓް، އދ. އަތޮޅުގެ RF1329 ފަރަށް 28 އޭޕްރީލް 2025 ގައި އުރިފައިވާ ކަމަށެވެ.

އަދި، މި ޔޮޓް 29 އޭޕްރީލް 2025 ގައި ފަރުމަތިންވަނީ ނަގާފައިވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 4 ޖޫން 2025 ގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު އެ ޔޮޓް ފަރަށް އެރި ސަރަޙައްދުގައި ޖޮއިންޓް ސަރވޭއެއް ކުރެވިފައިވާ ކަމަށާއި، މި އުޅަނދު ފަރަށް އެރި ސަރަޙައްދު ބެލި ބެލުމުން އެ ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ހާމަކުރެއެވެ.

އެހެންކަމުން، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ޓެމްޕަލް މެރިން އެލް.ޓީ.ޑީ ވަނީ  4,889,450.00ރ (ހަތަރު މިލިއަން އަށްހަލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ ފަންސާސް ދިވެހި ރުފިޔާ) އިން 4 އޮގަސްޓް 2025 ގައި ޖޫރިމަނާކުރެވިފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

އީޕީއޭ އިން ބުނީ 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ އެ އޭޖެންސީއަށް ދެއްކުމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު