Saturday, October 31
ދަމަނަވެށީގައި ގާތުން ދިނުމުގެ ހަފްތާ ފާހަގަކޮށްފި

ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ދަމަނަވެށީގައި ތަފާތު ޙަރަކާތްތަކެއް ހިންގައިފިއެވެ.

ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ގޮތުގައި ފާހަގަކުރަމުންދަނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާއެވެ.

އެގޮތުން މި ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ދަމަނަވެއްޓަށް ކިރަން ނުވަތަ ވެކްސިން ޖަހަން އަންނަ ފަރާތްތަކުގެ ތެރެއިން 6 މަސް ވަންދެން ހަމައެކަނި ގާތުން ދީފައިވާ މައިންނަށް އެކަން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދެމުންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެފަދަ ކުދިންގެ ކިރާ ކާޑުގައި ޖެހުމަށް ޚާއްޞަ ސްޓޭޕެއް ތައްޔާރުކޮށް ކާޑުގައި ޖަހަމުން ގެންދެއެވެ.

މީގެ އިތުރުން މިހަފްތާގެ ޝިޢާރާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ދަމަނަވެށީގެ މުވައްޒަފުންނަށް  ބާއްވާފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ސެޝަން ނަންގަވައިދެއްވީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ސީނިއަރ ދެ ނަރުހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު