Monday, November 9
އަސާސީ ކާބޯތަކެތީގެ އަގުތައް ދެނަގަތުމަށް އައު ޕްރައިސް އިންޑެކްސް އެއް ހަދަން ނިންމައިފި
ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ އަގުތައް ދެނަގަތުމަށް އައު ޕްރައިސް އިންޑެކްސް އެއް ހެދުމަށް ނިންމައިފިއެވެ. ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ އައު އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ތެރެއިން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވޭނެކަމަށެވެ. އަދި  އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. ”"އެސެންޝަލް ކޮމޮޑިޓީ ޕްރައިސް" އިންޑެކްސްގައި ހިމެނޭ 162 ބޭސްލައިން އައިޓަމްތަކުގެ ތެރޭގައި، ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ 111 އައިޓަމަކާއި، މޭވާ އަދި ތަރުކާރީގެ 39 ބާވަތަކާއި، މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމާއި، ހަކަތައިގެ ބާވަތްތައް ހިމެނޭ 2 އައިޓަމަށް ވަކިން ހިސާބު ޖަހާފައި ނެރެވޭނެ“ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ 35 ބާވަތަކީ އޭގައި އިތުރު ސަބްސިޓިޓުޓެއް ނުވަތަ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭ ފަދަ އައިޓަމްތަކުގެ ގޮތުގައި ދެނެގަނެ، އެފަދަ ބާވަތްތައް "ކްރިޓިކަލް އައިޓަމް" ތަކުގެ ގޮތުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް، އިން ވަރަށް އަވަހަށް އައު އިންޑެކްސްގެ ތެރެއިން އެންމެ މުހިއްމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، ދެ ދުވަހެއްގެ ތެރޭގައި އެ އިދާރާއިން އެކަން އާންމު ކުރާނެ ކަމަށެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ކާބޯތަކެތީގެ އިންފްލޭޝަން ހުރީ ފަސް ޕަސެންޓުގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު