Monday, November 9
އެމްޕީއެލްއިން މިދިޔަ ހަފްތާގައި 900 އަށް ވުރެ ގިނަ ކޮންޓެއިނަރ ގެ މުދާ ކްލިއާކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓޭޑް އެމްޕީއެލްއިން މިދިޔަ ހަފްތާގައި 900 އަށް ވުރެ ގިނަ ކޮންޓެއިނަރ ގެ މުދާ ކްލިއަރކޮށްފިއެވެ.

އެމްޕީއެލް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައިމަހުގެ 27 އިން އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް  އެންމެ ގިނައިން ކްލިއަރ ކުރި މުދަލުގެ ތެރޭގައި ފިޔާ އަދި ބިސް ހިމެނެއެވެ.
https://x.com/portmv/status/1950514948700021067?s=46&t=MxLgMFK9eUgKGvPgRvYjtQ

މި މުއްދަތުގައި ކްލިއަރ ކުރި މުދާތަކުގެ ތެރޭގައި:

  • ބިސް ކޭސް: 16988
  • ފިޔާ ބަސްތާ: 13096
  • ކަރާ ކޭސް: 7437
  • އަލުވި ބަސްތާ: 5538
  • ޓޮމާޓޯ ކޭސް : 3888
  • އަލަނާސި ކޭސް : 3181
  • ކެބެޖް ކޭސް: 2920
  • ދޮންކެޔޮ ގަނޑު: 2634
  • ބަރަބޯ ކޭސް: 1177
  • މެލަން ކޭސް : 1059

ތަފާސް ހިސާބުތައް ދައްކާގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން  ޖުލައި 27 އިން އޮގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް 907 ކޮންޓެއިނަރު ރާއްޖެ އެތެރެކޮށް ސާފުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 20 ފޫޓުގެ 500 ކޮންޓެއިނަރާއި 40 ފޫޓުގެ 407 ކޮންޓެއިނަރެވެ. އެއީ  ޖުމުލަ 1314 ޓީއީޔޫއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު