ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.
މިގޮތުން ތުޅާދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި މިހާރު ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިންގ ޔުނިޓް އަށާއި (ކެޓަގަރީ- އޭ)، ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިންގ ޔުނިޓަށް (ކެޓަގަރީ– ބީ) ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ.
ކައުންސިލުން ވަނީ މި ލިސްޓުގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން އޮގަސްޓު 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައިފައެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި ސިޓީންނާއި އީމެއިލް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާގެ ސިޓީ/ލިޔުމުގައި ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައި.ޑީ. ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު ފަދަ މުހިއްމު މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
އަދި އަނގަބަހުންނާއި ފޯނުން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަނެވެން ނޯންނާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން