Saturday, October 31
ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަކީ ލާމަރުކަޒީ މިނިވަންކަމަށް ދޭ ހަމަލާއެއް: ކެނދިކުޅުދޫ ކައުންސިލް
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙުތައް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް މިހާރު ގެނައުމަށް މަސައްކަތްކުރާ އިޞްލާޙުތަކަކީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމާގުޅޭ އުޞޫލުތަކާއި، އަދި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިޤްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ޙީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް ކަމަށެވެ.

"މުޅި ޖުމްލަ ގޮތެއްގައި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކުން ސާފުވެގެންދާ ހަޤީގަތަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި ބާރުވެރިކުރުމުގެ ކުޑަމިންވަރެއްގެވެސް ހެޔޮ ނިޔަތެއް ނެތްކަން. އަދި މުޅި އިޞްލާޙުން ކުރަހައިދޭ ތަޞައްވުރަކީ، އަހަރުތަކެއް ކުރިން މުޅި ދިވެހިރާއްޖޭގެ ވަޞީލަތްތަކާއި ރައްޔިތުންގެ ހައްޤުތަކާއި ތަރައްޤީގެ ކަންކަން މަރުކަޒީ އުޞޫލުން މަދު ބައެއްގެ މެދުގައި އެއްވެސް ހާމަކަމެއް ޖަވާބުދާރީވުމެއް އަދި މަޝްވަރާކުރުމެއްނެތި ނިންމަމުން ދިޔަ ސަޤާފަތަކަށް އެނބުރި ރުޖޫޢަވުމުގެ ނިޔަތް"، ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ކެނދިކުޅުދޫ ކައުންސިލުން ވަނީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙު އަނބުރާ ގެންދިއުމަށް ގޮވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު