އާދިއްތަ, November 15
ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރެވޭނެ ޒަމާނީ ނިޒާމެއް ޤާއިމްކޮށްފި
ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރެވޭނެ ޒަމާނީ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ޤާއިމްކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ ސީޕޯޓު ޑިވިޜަނުން މިހާރު ވަނީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައިވާ ކަމަށެވެ. މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އިމިގްރޭޝަނުން ބުނީ މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު