އާދިއްތަ, November 15
ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ފަށައިފި
ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ފަށައިފިއެވެ. ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އެހޮސްޕިޓަލުގައި ފެށުމުގެ ގޮތުން މިއަދު ވަނީ އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވާފައެވެ. ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ. މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ފަށާފައިވާއިރު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މި ޕްރޮގްރާމް މިދިޔަ މަހު ވަނީ ފަށައިފައެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި މިކަހަލަ ފުރަތަމަ ޕްރޮގްރާމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު