Monday, November 2
މިމަހު ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް އައިނު ހެދުމުގެ ޚިދުމަތް ފެށޭނެ: ހަލީމް

ހުޅުމާލޭ ހޮސްޕިޓަލުގައި މި އޮގަސްޓް މަހު އައިނު ހެދުމުގެ ޚިދުމަތް ފަށާނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބުދުރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ މިހާރު އެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

އައިޖީއެމްއެޗްގައި އައިނު ހެދުމުގެ ޚިދުމަތް ފެށުމާއި އެކު އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ. މާލެއަށް އޮންނަ ޑިމާންޑް ކުޑަކުރުމުގެ ގޮތުން މި ޚިދުމަތް ހުޅުމާލޭގައިވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ހޮސްޕިޓަލުގައި ވެސް މިޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިނުގެ ޚިދުމަތް ފެށުމާއި އެކު ހަތަރު ދުވަސްތެރޭ 142 އައި ހައްދާފައިވާ ކަމަށާއި، 400 އަށްވުރެ ގިނަ މީހުން މިހާރުވެސް ލޮލުގެ ޓޭސްޓްހެދުމަށް ނަންނޯޓްކޮށްފައިވާއިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު