އާދިއްތަ, November 15
ރަސްފަންނު "ޕޮމެލޯ" ރެސްޓޯރަންޓުގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެ

މާފަންނު ރަސްފަންނުގައި ހުންނަ ލެމަންގްރާސްގެ "ޕޮމެލޯ" ރެސްޓޯރަންޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް ލިބިފައި ވަނީ މިއަދު 12:14 ގައި ކަމަށާއި، މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި ރޯވި "ޕެމޮލޯ" ރެސްޓޯރެންޓަކީ މިހާރު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ރެސްޓޯރެންޓެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު