އުމުރުން ދުވަސްވީ މީހުންގެ ދިގު މުއްދަތުގެ ފަރުވާއާ ގުޅޭ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ފަށައިފިއެވެ.
ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް، އުމުރުން ދުވަސްވީ މީހުންގެ ފަރުވާއާ ބެހޭ މާހިރެއް ލ. އަތޮޅަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫޢުގެ ދަށުން ކުރިއަަށް ގެންދާ މަސައްކަތެކެވެ.،
މި ޒިޔާރަތުގައި އެފަރާތުން ވަނީ، ލ. އަތޮޅު ކައުންސިލާއި، ފޮނަދޫ ކައުންސިލާއި، ގަން ކައުންސިލާއި، ގަމުގެ ސަރަޙައްދީ ހޮސްޕިޓަލާއި، ފޮނަދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި މިދާއިރާގައި މުޖުތަމަޢުގެ ޚިޔާލާއި ނަޒަރިއްޔާތު ހޯދުމަށް ލ. ގަމުގައި ވަނީ ފޯކަސް ގްރޫޕް މަޝްވަރާ އެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަސައްކަތަކީ ދިވެހިރާއްޖޭގައި އެކުލެވޭ ފަރުވާގެ ނިޒާމުތައް ހަރުދަނާކޮށް، ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ލިޔުން ކިޔާލުމުން