Monday, November 9
މާލޭ ނޯތު ހާބަރުގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
މާލޭގައި މިފްކޯގެ އައު މަސްފިހާރައެއް ހުޅުވައިފިއެވެ. މިގޮތުން އިއްޔެ ވަނީ މާލޭ ނޯތު ހާބަރުގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފައެވެ. މި ފިހާރަ ހުޅުއްވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ، ޢަބްދުﷲ ރަޝީދެވެ. މިއީ މާލޭގައި ހުޅުވި މިފްކޯގެ ހަތަރު ވަނަ މަސްފިހާރައެވެ. މިކަމާ ގުޅޭގޮތުން މިފްކޯއިން ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޕާޓްނަރ ވިޔަފާރިތަކަށް މިހާރު މާރުކޭޓު ސަރަހައްދުގެ ތެރެއިން އެ ކުންފުނީގެ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެ ކަމަށެވެ. މި އައުޓްލެޓް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު