އާދިއްތަ, November 15
ޚާރިޖީ ވަޒީރު ބެނިންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޙަލީލް، ބެނިންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އޮލޫޝޭގަން އެޑްޖަޑީ ބަޚާރީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބެނިންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަޒީރު އޮލޫޝޭގަން އެޑްޖަޑީ ބަޚާރީ އަށާއި ބެނިންގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައިފައެވެ.

އަދި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ދީގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު