އާދިއްތަ, November 15
ސްވިޒަރލޭންޑްގެ ޤައުމީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ސްވިޒަރލޭންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އިގްނާ ޒިއޯ ކަސިސް އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ސްވިޒަރލޭންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ވަޒީރު އިގްނާ ޒިއޯ ކަސިސް އަށާއި ސްވިޒަރލޭންޑްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައިފައެވެ.

މީގެ އިތުރުން ވަޒީރުގެ މެސެޖުގައި ވަނީ ވޭތުވެދިޔަ 40 ހަތަރު އަހަރު ތެރޭގައި ދެޤައުމުން ތަޖުރިބާކޮށްފައިވާ ދެމެހެއްޓެނިވި އެކުވެރިކަމާއި، ކާމިޔާބު އެއްބާރުލުމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް މުސްތަޤްބަލްގައިވެސް މި ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

"ސްވިޒަރލޭންގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމަށް އެދި، މަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރަން. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު