Saturday, October 31
ކުޑަހުވަދޫ މަގުހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް
ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހިއްސާކޮށްފިއެވެ. ސަރުކާރުގެ ފަރާތުން އާރްޑީސީއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ، ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މިގޮތުން އާރުޑީސީން ހާމަކުރި ގޮތުގައި ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ދޮށިމޭނާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ. މީގެ އިތުރުން ޝަހީދު އަލީ ހިނގުމުގައި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޒަމާނީ ފެންވަރަށް ކުޑަކުވަދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ޖުމުލަ 122.87 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމރެއް ޤާއިމްކުރުމާއި، މަގުތަކާ އެއްވަރަށް މިހާރު ހުރި ޖަންކްޝަންތައް އުސްކުރުމާއި، މަގުތަކުގައި ނިޝާންތައް ކުރަހައި، މަގުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު