Monday, November 9
ބާޒާރުގައި ފިޔާގެ އަގު ތިރިވެއްޖެ

ފިޔާ ބާޒާރުގައި މަދުވެ އިއްޔެ ފިޔާގެ އަގު މައްޗަށް އެރިނަމަވެސް މިއަދު ފިޔާގެ އަގު ދަށްވެއްޖެއެވެ.

ފިޔާ ކިލޯ އެއް އިއްޔެ75 ރުފިޔާ އަށް އެރިއެވެ. ނަމަވެސް މިއަދު ބާޒާރުގައި ފިޔާ ކިލޯއެއް20 ރުފިޔާ އަށް ލިބެން އެބަހުއްޓެވެ. އަދި މާލޭގެ ބައެއް ފިހާރަތަކުގައި35 ރުފިޔާއަށްވެސް ކިލޯ ލިބެން އެބަހުއްޓެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޕެރިޝެބަލް މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވި ނަމަވެސް، ކާގޯ އޮޕަރޭޝަނުން އިއްޔެ ވަނީ ފިޔާ ބާލާފައެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ޓީމުތަކުން ކުރި މަސައްކަތުން ތިން ބޯޓަކުން ޖުމުލަ 4،720 ބަސްތާގެ ފިޔާ އިއްޔެ ބާލާފައިވާ ކަމަށެވެ.

އެސްޓީއީ އިންވެސް ވަނީ ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔާ ގެނައުމަށް ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު