Saturday, October 31
ސްޕީޗް ލެންގުއެޖް އާއި ފިޒިއޯ ތެރަޕީ ގެ ޤައުމީ ގައިޑްލައިން އާއްމުކޮށްފި

ނެޝަނަލް ޕްރޮޓޮކޯލް ފޮރ ފިޒިއޯތެރަޕީ ޕްރެކްޓިސަސް ގައިޑްލައިން އާއި ނެޝަނަލް ގައިޑްލައިން ފޮރ ސްޕީޗް ލެންގުއެޖް އެންޑް އޯޑިއޮލޮޖިކަލް ކްލިނިކަލް ސަރވިސަސް އާއްމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ގުޅިގެން އާއްމުކުރި މިގައިޑްލައިން ތައްޔާރުކުރީ ޑރ. އައިޝަތު މަހްފޫޒާއި އައިޝަތު ނާޖިހާ އަދި މުހައްމަދު ނިމާލެވެ.

މި ގައިޑްލައިނަށް ދިވެހި ރާއްޖޭގައި މަސައްކަތްކުރައްވާ ޞިއްޙީ ޙިދުމަތް ތެރިން އަހުލުވެރިކުރުވުމަށް 30 ޖުލައި ގައި އޮންލައިން ވެބިނަރ އެއް ވަނީ ބާއްވާފައެވެ.

މި ވެބިނަރގައި އެކި އެކި މުއައްސަސާތަކުން 53 ޞިއްޙީ ޙިދުމަތް ތެރިން ބައިވެރިވެފައިވެއެވެ.

ސްޕީޗް ލެންގުއެޖް އެންޑް އޯޑިއޮލޮޖިކަލް ކްލިނިކަލް ސަރވިސަސް އާއްމުކުރީ މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސޯޝަލް އެެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެންނެވެ. މިގައިޑްލައިން ތައްޔާރުކުރީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސްޕީޗް ޕެތޮލޮޖީ އެންޑް އޯޑިއޮލޮޖީ ޑިޕަރޓްމަންޓުގައި މަސައްކަތްކުރައްވާ ޑރ.ފަރުޒާނާ ޝައުޤީ، އާމިނަތު ސަމާހަތު ޝަރީފް، ރަޝްފާ އާމިރު އަދި މޯލްޑިވިއަން އެސޯސިއޭޝަން އޮފް ސްޕީޗް ލެންގުއެޖް ޕެތޮލޮޖިސްޓްސް އެންޑް އޯޑިއޮލޮޖިސްޓްސްގެ ޝުވޭކާ ސޯލިހް، އައިޝަތު ޒިމްނާ ހުސައިން، އާމިނަތު ޒީނިޔާ އަދި އާމިނަތު ރިފާހު އަބްދުﷲ އެވެ.

އަދި މި ގައިޑްލައިނަށް ދިވެހި ރާއްޖޭގައި މަސައްކަތްކުރައްވާ ޞިއްޙީ ޙިދުމަތް ތެރިން އަހުލުވެރިކުރުވުމަށް 17 ޖުލައި ގައި އޮންލައިން ވެބިނަރ އެއް ވަނީ ބާއްވާފައެވެ.

މި ވެބިނަރގައި އެކި އެކި މުއައްސަސާތަކުން 85 ޞިއްޙީ ޙިދުމަތް ތެރިން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު