Saturday, October 31
އުނގޫފާރުން މިހާތަނަށް 346 ޕާސްޕޯޓު ދޫކޮށްފައިވޭ: އިމިގްރޭޝަން
ރ. އުނގޫފާރުން މިހާތަނަށް 346 ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރުގެ ޖަނަވަރީ މަހު އުނގޫފާރުން ޕާސްޕޯޓު ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް އެރަށުން 346 ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށާއި، މި ޚިދުމަތް ކޮންމެ ހަފްތާއެއްގައި ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ. އިމިގްރޭޝަނުން ބުނީ "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް، ރ. އަތޮޅުން ނަގަން ބޭނުންވާ ފަރާތްތަކުން ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ރ. އުނގޫފާރު ޚިޔާރުކުރެއްވޭނެ ކަމަށެވެ. އުނގޫފާރުގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙްކުރީ މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މި ދެ ހިދުމަތް އެރަށުގައި އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު، އަލީ އިހުސާނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު