Saturday, October 31
މާވަށުގައި ހިންގި މާރާމާރީގައި ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސްފި

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 10:12 ހާއިރު އެވެ. މި މާރާމާރީގައި އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށާއި، ނިޔާވެފައިވަނީ ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29 އ) ކަމަށް ފުލުހުން ހާމަކުރެއެވެ.

އަދި މި މައްސަލައިގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް (29 އ) ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. މި މައްސަލައިގައި ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދައިފައެވެ.

ފުލުހުން މިއަދު ބުނީ މި މާރާމާރީގައި ނިޔާވި މޫސާ އިބްރާހީމްގެ ހަށިގަނޑު، ތަޙުޤީޤަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު