Thursday, October 29
މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނަ އަކުރުން ނަން ޖެހުމުން މިނިސްޓަރ މަރުޙަބާ ވިދާޅުވެއްޖެ
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން، ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި ދިވެހި ބަހުން ތާނަ އަކުރުން "ދިވެހިރާއްޖެ" ލިޔާން ފެށުމުން، އެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަރުޙަބާ ވިދާޅުވެއްޖެއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެމަނިކުފާނުގެ "އެކްސް" ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވަނީ "މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް" ކަމަށާއި އެކަމަށް ޓަކައި މަރުޙަބާ ވިދާޅުވާ ކަމަށެވެ. މޯލްޑިވިއަނުން ވިދާޅުވީ މި ބަދަލު އެ އެއަރލައިންގެ ހުރިހާ ބޯޓަކުން ވެސް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހީންގެ އަމިއްލަވަންތަކަމާ ޤައުމީ އެއަރލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް މި އަހަރު 60 އަހަރު ފުރޭއިރު، ދިވެހީންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން މި ބަދަލުގެ ތެރެއިން ރަމްޒުކޮށްދޭކަމަށް ޤައުމީ އެއަރލައިނުން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު