ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑަކަށް ވެއްޖެއެވެ.
މިގޮތުން ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ވަނީ މިކަމުގެ ލިޔުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްދެއްވައިފައެވެ. މި ރެކޯޑު އެމްއޭސީއެލް އާ ހަވާލުކޮށްދެއްވީ އެޑްޖޫޑިކޭޓަރ ފޮރ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީއެވެ.
އެމްއޭސީއެލް އަށް މި ރެކޯޑު ލިބިފައިވަނީ އެންމެ ގިނަ ސަރަހައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެންނެވެ.
އައު ޓަރމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ވަށައިގެން 19 ސަރަހައްދެއްގައި ހަވާ އަރުވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން