އެމްއެންޑީއެފުން ބުނީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށެވެ. މިގޮތުން ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 6 މިނެޓް ވަންދެން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިއަދަކީ ވީއައިއޭގެ އައު ޓަރމިނަލް ހުޅުވާ ދުވަސް ކަމަށްވާއިރު، މިއަދަކީ ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަސް ވެސް މެއެވެ.ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި ބާއްވާ ހަވާއެރުވުން ފެށޭނީ މިރޭ 21:40 ހާއިރު ކަމުގައި ދަންނަވަން. pic.twitter.com/09hvBeiOkA
— Maldives National Defence Force (@MNDF_Official) July 26, 2025

ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި ބާއްވާ ހަވާއެރުވުން ފެށޭނީ މިރޭ 21:40 ހާއިރު ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
މި ލިޔުން ކިޔާލުމުން





