Saturday, October 31
މޯދީ އާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރުގެ އަރިހަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މޯދީ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ރާއްޖެ އޮންނަ އޮތުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މޯދީ ވިދާޅުވިއެވެ.
އަދި އިންޑިއާއިން ރާއްޖެއަށް ކެޕޭސިޓީ ބިލްޑިންގއާއި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު